އިންތިހާބުގައި ދީނީ ކާޑު ދެން އިތުރަށް ނުކުޅެވޭނެ ކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު އައްޑޫ ސިޓީގައި ބޭއްވި "އުފާވެރި އައްޑޫ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ ރައީސް މި ފުރިހަަމަކުރަމުންދާ 5 އަހަރުގެ ދައުރު ނިމޭއިރު އިސްލާމްދީން ދެމިއެބައޮތް ކަމަށެވެ. އެހެން ކަމުން، އިންތިޚާބު ތެރޭގައި ދީނީ ކާޑް ނުކުޅެވޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އެއް ބަޔަކު ބުނަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިއްޖެއްޔާ މިގައުމުން އިސްލާމްދީން ފުހެވޭނެޔޯ. ބަލަގަ އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ދައުރު ނިމުނިއްޔޭ މިއޮއް. އެކަމަކު ރައީސް ސޯލިހު މިގައުމުން އިސްލާމްދީން ފޮހެއެއް ނުލައޭ. މިގައުމުގެ މިސްކިތްތަކުން ބަންގި އެބަ ގޮވާ. މިއަދު ދީނީ ކާޑެއް އިތުރަކަށް މިގައުމުގައި ނުކުޅެވޭނެ،" މަހުލޫފު ވިދާޅުވިއެވެ.

ވާދަވެރިންނަށް ރައްދު ދެއްވަމުން މަހުލޫފު ވިދާޅުވީ މިފަހަކަށް އައިސް ބައެއް ބޭފުޅުން އިންތިހާބުގެ ވާހަކަ މުޅިން ދީނީ ވާހަކައަކަށް ހައްދަަވައިފި ކަމަށެވެ. އަދި އިލްމުވެރިންގެ ނަމުގައި ބޮޑެތި ލިސްޓުތައް ތައްޔާރުކޮށް އޭގައި ސޮއިކޮށް އެކަން ހާމަކުރަމުންދާ ކަންވެސް ފާހަގަކުރެއްވިއެވެ.

މަހުލޫފު މިފަދައިން ވިދާޅުވެފައިވާއިރު، ބައެއް ދީނީ އިލްމުވެރިން ވަނީ ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ރައީސް ޞާލިހަށް ތާއީދުކުރައްވާކަން އިއުލާންކުރައްވާފައެވެ. އަނެއް ބަތަކު ވަނީ ބަޔާން ނެރެ އެމީހުން ތާއީދު ކުރަނީ އިދިކޮޅު ކެންޑިޑޭޓަށްކަން ހާމަކޮށްފައެވެ.

އެމްޑީޕީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ބައެއް އިލްމުވެރިން ގެންދަވަނީ ކެމްޕޭން ޖަލްސާ ތަކާއި ސޯޝަލް މީޑިއާގައި ރައީސް ޞާލިހަށް ތާއީދު ކުރަށްވާކަން ހާމަކުރަށްވަމުންނެވެ.



އިތުރަށް ވާހަކަދައްކަވަމުން، މަހުލޫފު ވިދާޅުވީ ރައްޔިތުންގެ "ބޮލުގައި ޗިޕް ޖެހޭ ވަރަށްވުރެ" ރައްޔިތުން މިހާރު މާ ހޭލުންތެރި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން