ފޮޓޯ: ފޭސްބުކް
ފޮޓޯ: ފޭސްބުކް
ވަގު ނޫޓެއް ކަމަށް ބުނެ ދައުރު ވަމުންދާ 500 ރުފިޔާގެ ނޫޓަކީ ސައްހަ ނޫޓެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީއިން ވަނީ އެއީ ވަގު ނޫޓެއްތޯ ބަލާ ޗެކްކޮށްފައި ކަމަށެވެ. އަދި އެއީ ސައްހަ ނޫޓެއްކަން ކަށަވަރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގެ ސަބަބުންނެވެ. އެގޮތުން، ޕޯސްޓުން ފެންނަން ދެ ނޫޓު ފެންނަން ހުރީ ދެ ސައިޒަށް ކަމަށް ބެލެވެއެވެ. އަދި އޭގެ ތެރެއިން ކުޑަ ނޫޓަކީ ވަގު ނޫޓެއް ކަމަށް ބުނެ އޭޓީއެމްއިން ބަލައިނުގަންނަ ނޫޓެއް ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން މާލީ އިދާރާއިން ބުނީ ވަކި ބެޗްތަކެއްގެ ނޫޓޫތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން