ކެމްޕެއިންގެ އެންމެ މުހިންމު ވަގުތުކޮޅުގައި ވާދަވެރިން ކެމްޕެއިން ނިންމާލައްވާފައި ގެއަށް ވެދެވަޑައިގެންއިރު، އެމަނިކުފާނު ކެމްޕެއިން ކުރިއަށްގެންދަވަނީ ފުރިހަމަ ބުންވަރާއި އެކީގައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަދު ފ. ނިލަންދޫ ބަނދަރުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ބައްދަލުކުރުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ކެމްޕެއިން ކުރިއަށް ގެންދަވަނީ ފޯރިއާއި އެކުގައި ކަމަށާއި އެމަނިކުފާނު ކެމްޕެއިން ކުރައްވަން ދިޔަ ރަށްރަށުން ރައީސް ޞާލިޙު ނޫން ގޮތެއް އޮތް ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މީގެ ކުރީގައި ނިލަންދޫއަކީ އެމްޑީޕީއަށް ފަރިތަ ރަށެއް ނޫން ކަމަށެވެ. އެހެން ނަަމަވެސް، މިހާރު އެ ރަށު ރައްޔިތުންގެ ފިކުރު އެމްޑީޕީއަށް ބަދަލުވެފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު އިރުއޮއްސި ހަޔެއް ޖެހުމަށްފަހު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ނިންމަންޖެޙޭނެއެވެ. އެހެން ކަމުން، އެންމެ ފަހު ވަގުތުކޮޅުގެ ބޭނުން ހިއްފަވައިގެން ރައީސް ވަނީ ފ. ފީއަލި، މަގޫދޫ އަދި ބިލެއްދޫއަށް ޒިޔާރަތްކުރައްވައި، އެރަށްތަކުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވަން ގަސްދުކުރަށްވާ ކަންކަން ހާމަކުރަށްވާފައެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މާދަމާ ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓް ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން