ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް ތަރައްގީ ގެނެސްދެއްވާނީ އެމަނިކުފާނު ކަމަށް ޕީޕީއެެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު ރޭ މާލޭގެ ހެންވޭރުގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވައިދިނުމަށް ބޭއްވި ބައްދަލު ވުމެއްގައި ވިދާޅުވީ އެމަނިކުފާނަށް އެކަން ކުރެއްވޭނީ މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުން ކުރި ލިބިވަޑައިގެން ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ މާދަމާ ނިންމާ ނިންމުމަކުން ޤަައުމުގެ މިނިވަންކަމާއި ޚާރިޖީ ސިޔާސަތުތައް ބައްޓަންވާނެ އަސާސުތައް ކަނޑައެޅިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުމަތިން ނާރާ ތިބެން އެއްބަސްވާ އެންމެންނާ އަޅުގަނޑުމެންގެ އޮންނާނީ ގާތް ގުޅުން، ރަހުމަތްތެރިކަމުގެ ގުޅުން. އަވައްޓެރިންގެ ގޮތުގައި އަވައްޓެރިން ތިބޭނެ. ދުރު ގައުމުތައް ވެސް އެއީ ގާތް ގައުމުގެ ގޮތުގައި ވާނެ އިން ފަހަނައަޅައި ނުދަންޏާ،" މުޢިއްޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ދައްކާ ވާހަކަ ބަހާއި އަމަލާ ދިމާވާނެ. އަޅުގަނޑަށް އެ އިތުބާރު ތިޔަބޭފުޅުން ކޮށްދެއްވުމަކީ އަޅުގަނޑުގެ އަމިއްލަ ނަފުސަށްޓަކައި ވެސް އަދި ގައުމަށްޓަކައި ވެސް އަޅުގަނޑު ދަންނަވަން އޮތް ހަމައެކަނި ވާހަކަ." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، މުއިއްޒު ވަނީ ސިފައިންނާއި ފުލުހުންނަށް އިތުރު އެލަވަންސްތައް ތައާރަފްކޮށް ފުދުންތެރި ބަޔަކަށް ހެއްދެވުމަށްވެސް ވައުދުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޙައްވާ

13-Sep-2023

މި ގައުމުގައި މިނިވަންކަން ގެއްލިގެން ބަޔަކު އެބަ އުޅޭތަ?



ޓްރެންޑިން