ޒުވާނުންނަށް ކަމުދާނެހެން ބައިނަލްއަގުވާމީ ފަންނާނުންގެ މިއުޒިކް ޝޯވްތައް ރާއްޖޭގައި ބާއްވައިދިނުމަކީ ރިޔާސީ ޕްލޭންގައި ހިމެނިފައިވާ ކަމެއްކަމަށް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފާރިސް މިހެން ވިދާޅުވެފައިވަނީ ޓްވިޓަރގައި ޒުވާނަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓުއަރކޮށް، މިއުޒިކް ޝޯވްތައް ބާއްވަމުންދާ ޓޭލަރ ސްވިފްޓްގެ މިއުޒިކް ޝޯވްއެއް ރާއްޖޭގައި ބޭއްވުމާއި ބެހޭގޮތުން ފާރިސް ދެކިވަޑައިގަންނަވާގޮތަކީ ކޮބައިތޯ ސުވާލުކުރުމުން ފާރިސް ވިދާޅުވީ އެއީ މިހާރުވެސް ޕްލޭންގެ ބައެއްކަމާއި، އަދި ބޭރުގެ ފަންނާނުން ރާއްޖެ ގެނައުމާއި، އެފަންނާނުންގެ ޓުއަރތަކުގައި ރާއްޖެ ހިމެނުމާއި ބެހޭގޮތުން މަޝްވަރާކުރަމުންދާކަމަށެވެ.

"މިއީ މިހާރުވެސް އަޅުގަނޑުމެންގެ ޕްލޭންގެ ބައެއް. ބޭރުގެ ފަންނާނުންގެ ޓުއަރތަކުގައި ރާއްޖެ ހިމެނުމާއި ބެހޭގޮތުން ބައިނަލްއަގްވާމީ ބޮޑެތި ދެތިން ޓެލެންޓް މެނޭޖަރުންނާއެކު އިބްތިދާއީ މަޝްވަރާތަކެއްވެސް ކޮށްފައިވާނެ."



ފާރިސް ވިދާޅުވީ ބޭރުގެ ފަންނާނުން ރާއްޖެ ގެނައުމާއި، ރާއްޖެއަކީ ބައިނަލްއަގުވާމީ ފަންނާނުންގެ ހުނަރު ދައްކާލެވޭން މަންޒިލަކަށް ހަދައިދޭނެކަމަށެވެ.

އެކި މުނާސަބާ ތަކުގައި ދިވެހިރާއްޖެއަށް އައިސް ބައިނަލްއަގުވާމީ ފަންނާނުންގެ ހުނަރު ދައްކާލުމަކީ މީގެ ކުރީގެ ބައެއް ސަރުކާރުތަކުން ކޮށްފައިވާކަމެކެވެ. މިހާތަނަށް ރާއްޖެ އައި ނަންމަޝްހޫރު ފަންނާނުންގެ ތެރޭގައި އޭކޯން، ޕްރިޔަންކާ ޗޯޕްރާ، އަބީޖީތު، ސަނަމް، ޕައުނީ ޕާންޑޭ، ޔޮހާނީ، ޕަވަންދީޕް އަދި އަރޫނިތާ ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން