ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގަންނަވާ ފަހު ރަށް ކަމަށްވާ، ކ.ހިންމަފުށިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ހިންމަފުށްޓަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސާލިހު ވަޑައިގަންނަވާ 170 ވަނަ ރަށެވެ.

ރައީސް ސާލިހު ކ.އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންނެވީ ފ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންނެވުމަށްފަހުއެވެ. ރައީސް ސާލިހު ރިޔާސީ ކެމްޕެއިންގައި ވަޑައިގަންނަވާ ފަހު ރަށުގެ ގޮތުގައި ހިންމަފުށްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.



މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސާލިހަކީ އެންމެ ގިނަ ރަށްރަށަށް ވަޑައިގެންނެވި ކެނޑިޑޭޓެވެ. އަދި އެންމެ ގިނަ ރައްޔިތުންނާއި ބައްދަލުކުރެއްވި ކެނޑިޑޭޓަކީވެސް ރައީސް ސާލިހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން