ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުންކަމަށް ވިދާޅުވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕެއިން ނިންމަވާލައްވައިފިއެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ އެންމެފަހު ހަރަކާތް ބާއްވާފައިވަނީ މާލޭގެ އުސްފަސްގަނޑުގައެވެ. މި ހަަރަކާތުގައި ރައީސް ސާލިހަށް ތާއީދުކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

މި ހަރަކާތުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވަނީ އެމަނިކުފާނަށް ވޯޓް ދެއްވަންޖެހޭ ސަބަބުތައް ތަކުރާރުކުރައްވާފައެވެ.



އެންމެފަހު ކެމްޕެއިން ހަރަކާތުގެ ތެެރެއިން ދެއްވި އެންމެ ފަހު ކެމްޕެއިން ސްޕީޗުގައި ރައީސް ސާލިހު ވިދާޅުވީ އިންތިހާބު ނިމިއްޖެކަމަށާއި މާދަމާ ރޭ އުސްފަސްގަނޑަށް އެއްވާނީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން