ރިޔާސީ އިންތިހާބުގެ ކެމްޕެއިން މާބޮޑު ހަމަނުޖެހުންތަކެއް ނުހިނގާ، ސުލްހަވެރިކަމާއެކު ނިންމާލައިފިއެވެ.

ކެނޑިޑޭޓުންގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން އެންމެފަހުގެ ހަރަކާތެއްގެ ގޮތުން އޮތީ މާލޭގައި ބޭއްވި އެއްވުންތަކާއި ހިނގާލުންތަކެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ބޭއްވި އެއްވުން އޮތީ މާލެ އުސްފަސްގަނޑު ސަރަހައްދުގައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން މާލޭގައި ވަނީ ހިނގާލުމެއް ބޭއްވުމަށްފަހު، އާޓިފިޝަލް ބީޗު ސަރަހައްދުގައި ކެމްޕެއިން ނިންމާލުމުގެ ޖަލްސާ ބާއްވާފައެވެ.

ޑިމޮކްރެޓިކްސް ޕާޓީގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބުގެ ކެމްޕެއިން ނިންމާލުމުގެ ހަރަކާތް ބާއްވާފައިވަނީ ރަސް ފަންނު ސަރަހައްދުގައެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްވެސް ވަނީ ކެމްޕެއިން ނިންމާލުމަށް މާލޭގައި ރެލީއެއް ބާއްވާފައެވެ.

އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫންވެސް ވަނީ ޕިކަޕް ބުރެއް މާލޭގައި ބާއްވާފައެވެ.

މި ބޭބޭފުޅުންގެ އިތުރުން ދެން ވާދަކުރައްވާ ކެންޑިޑޭޓުންވެސް ވަނީ ކެމްޕެއިން ނިންމާލުމަށް ތަފާތު ހަރަކާތްތައް ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން