ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބާއްވާ އިންތިހާބު އޮންނާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ.

އާއްމު އިންތިހާބުތަކާބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ގުޅޭ އެއްވެސް ކެމްޕެއިން ހަރަކާތެއް ނުވަތަ އެފަދަ ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ފޮނުވޭ އެއްވެސް ކޮންޓެންޓެއް މިއަދު ހަވީރު 6:00 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް ބްރޯޑްކާސްޓް ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފައެވެ.

ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓްކުރުމަކީ، ގާނޫނެއްގެ ބާރު ކެނޑިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ޚިލާފު ކަމެއް ކަމަށާއި އަދި މި ކަމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ސަމާލުވުމަށްވެސް އެކޮމިޝަނުން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން