ޕާޓީތަކުގެ ކެމްޕެއިން ހިންގާ ޖަގަހަތައް މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ހުޅުވާފައި ނުބެހެއްޓޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެއްވެސް ކެންޑިޑޭޓެއް ނުވަތަ ޕާޓީއެއްގެ ކެމްޕެއިން ޖަގަހައެއް ހުޅުވާފައި ނުބެހެއްޓޭނެކަމަށެވެ. އަދި އެއީ ކެމްޕެއިންކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަނެތީ އަޅާ ފިޔަވަޅެއްކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ކެމްޕެއިން ޖަގަހަ ނުހުޅުވުނަސް، ޕާޓީތަކުގެ ރަސްމީ އޮފީސްތައް ހުޅުވައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެ އޮފީސްތައް ހުޅުވުން މަނާ ނުވާނެކަމަށެވެ.

ހަބީބް ވިދާޅުވީ ޖަގަހަތައް ހުޅުވައިގެން ނުތިބެވޭނެކަން ފުލުހުންނަށްވެސް އަންގާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން