ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް
ދެ ސްޕީޑް ލޯންޗު ޖެހި 5 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރްސީސީ)އިން ބުނީ މި ހާދިސާ ރިޕޯޓްކޮށްފައިވަނީ މިރޭ 08:09 ހާއިރު ކަމަށެވެ. އެމްއާރްސީސީން ބުނީ މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ހާބަރ އެންޓްރެންސް ސަރަހައްދުގައި ކަމަށެވެ.

އެމްއާރްސީސީގެ ސަމާލުކަމަށް މި ހާދިސާ އައުމާއިއެކު، ކޯސްޓް ގާޑް ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓާއި މެރިން ޕޮލިހުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ.

އެމްއާރްސީސީން ބުނީ މި ދެ އުޅަނދުގެ ތެރެއިން އެއް ލޯންޗްގައި ދަތުރުކުރަމުންދިޔައީ 13 ފަސިންޖަރުންނާއި 3 ފަޅުވެރިންނާއިއެކު ޖޯއި އައިލެންޑުން އެއާޕޯޓަށް ކަމަށެވެ. މި ހާދިސަގައި މި އުޅަނދުން ދަތުރުކުރި ފަރާތްތަކަށް ކުދި ޒަހަމްތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ހުރިހާ ފަސިންޖަރުން ވަނީ އެއާޕޯޓަށް ގެންގޮސްދެވިފައކ ކަމަށް އެމްއާރްސީސީން ބުނެއެވެ.

އެހެން ނަަމަވެސް މި ހާދިސާގައި ހިމެނޭ އަނެއް ލޯންޗަކީ، ޖުމްލަ 8 މުވައްޒަފުންނާއި 2 ފަޅުވެރިންނާއިއެކު ދަތުރުކުރި ލެއޯ ޓްރޭޑިންގގެ ލޯންޗެކެވެ. މި ލޯންޗުން ދަތުރުކުރި 5 މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މިހާރު އެ ހުރިހާ އެންމެނަށް ހުޅުމާލެ ހޮސްޕިޓަލްގެ އީއާރުން ދަނީ ފަރުވާ ދެމުންނެވެ. އެގޮތުން، އެ އުޅަނދުގެ ކެޕްޓަންގެ ޙާލު ވަރަށް ދެރަކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ދެ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކުރެވިފަނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ވިސްނަވާ

13-Sep-2023

ލިއޯ ގެ ކައްޕިންގެ އެސެސްމެންޓަށް ހަދަން ފެނޭ. ލިއޯ ކުންފުނީގެ ސައުދު ނިޔާ ވީވެސް ލިއޯ ކުންފުނީގެ ލޯންޗެއް އެކްސިޑެންޓް ވެގެން



ޓްރެންޑިން