އަހުމަދު އިބްރާހިމް   9 ސެޕްޓެމްބަރު 2023 - 13:22
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ - ފޮޓޯ: ވަގުތު
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ - ފޮޓޯ: ވަގުތު
ހެނދުނު 8 ޖެހުމާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކާއި ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ތަންތަނުގައި ބަހައްޓާފައިވާ ގިނަ ފޮށިތަކަށް ވަނީ ވޯޓުލާން ފަށާފައެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބެވެ. މިއީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން:

• ކެންޑިޑޭޓު ނަންބަރު 1: އަމިއްލަ ގޮތުން / ޢުމަރު ނަޞީރު

• ކެންޑިޑޭޓު ނަންބަރު 2: އަމިއްލަ ގޮތުން / ޙަސަން ޒަމީލް

• ކެންޑިޑޭޓު ނަންބަރު 3: އެމްޑީޕީ/ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ)

• ކެންޑިޑޭޓު ނަންބަރު 4: ޕީއެންސީ / ޑރ. މުޙައްމަދު މުޢިއްޒު

• ކެންޑިޑޭޓު ނަންބަރު 5: ޖުމްހޫރީ ޕާޓީ / ޤާސިމް އިބްރާހިމް

• ކެންޑިޑޭޓު ނަންބަރު 6: އަމިއްލަ ގޮތުން / ފާރިސް މައުމޫން

• ކެންޑިޑޭޓު ނަންބަރު 7: ދަ ޑިމޮކްރެޓްސް/ އިލްޔާސް ލަބީބް (އިއްލި)

• ކެންޑިޑޭޓު ނަންބަރު 8: އެމްއެންޕީ/ ކާނަލް މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް)

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ މާލެ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގެ ރަށްރަށުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި 8 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި 6 ފޮއްޓެވެ.

މިއަދު އެއްބުރުން އިންތިޚާބު ނުނިމިއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން