ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ - ފޮޓޯ: ވަގުތު
ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ - ފޮޓޯ: ވަގުތު
ވޯޓް ލުން ކުރިއަށް ގެންދާނީ ހެނދުނު 08:00 އިން ހަވީރު 16:00 ގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ވޯޓުލުމަށް ކިއު ހަދާ ގަޑިއަކީ ހެނދުނު 7:30 ގައި ކަމަށް ވިޔަސް، ހެނދުނު 07:00 ވީއިރުވެސް ބައެއް ފޮށިތައް ކައިރީގައި ވަނީ ކިއު ލައިންތައް ހަދަން ފަށާފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކާއި ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ތަންތަނުގައި ބަހައްޓާފައިވާ ގިނަ ފޮށިތަކަށް މިހާރު ވަނީ ވޯޓުލާން ފަށާފައެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބެވެ. މިއީ މަލްޓި ޕާޓީ ނިޒާމުގެ ވެރިކަން ތަޢާރަފުވި ފަހުން ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލި ބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ވޯޓު ފޮށި ވަނީ ބަހައްޓައެވެ. އެއީ މާލެ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގެ ރަށްރަށުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި 8 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި 6 ފޮއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން