މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީ ކެންޑިޑޭޓް ޑޜ. މުޙައްމަދު މުޢިއްޒުގެ ރަނިންގ މޭޓް ޙުސެއިން މުޙައްމަދު ލަތީފް (ސެމްބެ) ވޯޓް ލައްވައިފިއެވެ.

ސެންބެގެ އިތުރުން ޕީޕީއެމް- ޕީއެންސީ ކޯލިޝަން ހިންގުން ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުލް ރަހީމްވެސް ވަނީ ވޯޓް ލައްވާފައެވެ. ދެ ބޭފުޅުންވެސް ވޯޓް ލައްވާފައިވަނީ ދާދި އެއް ވަގުތެއްގައެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވޯޓް ލާން ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 4:00 ގެ ނިޔަލަށް ވޯޓް ލާ މަރުކަޒުތަކަށް ވަދެވޭނެ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ބަންދުވާ ގަޑި ޖެހޭއިރު ކިއޫގައި ތިބޭ ބަޔަކަށް ވޯޓުލުމުގެ ފުރުސަތުދިނުމަށް ފަހުގައެވެ.

‏ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަމީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން