ރާއްޖެ.އެމްވީ
ރާއްޖެ.އެމްވީ
ނަތީޖާ އިއުލާން ކުރުމާ ހަމައަށް އިންތިޚާބު އޮބްޒާވް ކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބުނެފިއެވެ.

އެޗްއާރްސީއެމުން މައުލޫމާތު ދިންގޮތުގައި ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމްގެ އޮބްޒާވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އިންތިހާބު ނިމި ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމަޔަށްވެސް ކޮމިޝަނުގެ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އެޗްއާރްސީއެމްގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދެއްވެސް ރާއްޖޭގެ އިންތިޚާބު އޮބްޒާވް ކުރުމަށް ހަރަކާތްތެރި ވަމުން އެބަދެއެވެ. އެގޮތުން، އީޔޫގެ 40 އޮބްޒާވަރުން އެކުލެޥޭ ޓީމެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކާއި ރާއްޖެއިން ބޭރުގައި ދިވެހިން ދިރިއުޅޭ ތަންތަނުގައި ބަހައްޓާފައިވާ ގިނަ ފޮށިތަކަށް ވަނީ ވޯޓުލާން ފަށާފައެވެ. އެގޮތުން، ހެނދުނު 08:00 އިން ފެށިގެން އަބޫ ދާބީއާއި ލަންޑަން ފިޔަވައި ވޯޓް ފޮށި ބެހެއްޓިފައިވާ އެހެން ހުރިހާ ސަރަހައްދެއްގައި ވޯޓް ލާން ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 4:00 ގެ ނިޔަލަށް ވޯޓް ލާ މަރުކަޒުތަކަށް ވަދެވޭނެ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ބަންދުވާ ގަޑި ޖެހޭއިރު ކިއޫގައި ތިބޭ ބަޔަކަށް ވޯޓުލުމުގެ ފުރުސަތުދިނުމަށް ފަހުގައެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބެވެ. މިއީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން