އަހުމަދު އިބްރާހިމް   9 ސެޕްޓެމްބަރު 2023 - 14:46
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވޯޓު ލައްވަނީ - ފޮޓޯ: ޕީޕީއެމް
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ވޯޓު ލައްވަނީ - ފޮޓޯ: ޕީޕީއެމް
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފިއެވެ.

ޑރ.މުއިއްޒު ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ދެ ނަމްބަރު ފޮށްޓަށެވެ. ޑރ. މުއިއްޒުގެ އިތުރުން، އެމަނިކުފާނުގެ ރަނިންގމޭޓް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފްވެސް ވަނީ ވޯޓު ލައްވާފައެވެ. ޙުސައިން ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ގދ. އަތޮޅު މާލެ - 5 ނަންބަރު ފޮށްޓަށެވެ.

މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރެއިން ތިން ކެންޑިޑޭޓަކު މިހާރު ވޯޓުލައްވައިފިއެވެ. އެއީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމާއި އަމިއްލަ ކެންޑިޑޭޓު ހަސަން ޒަމީލެވެ.

މިއީ އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން