ފޮޓޯ: އެމްއެންޕީ
ފޮޓޯ: އެމްއެންޕީ
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒި.ް މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވޯޓު ލައްވައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ނާޒިމް ވޯޓު ލައްވާފައި ވަނީ މާފަންނު މަދަރުސާގައި ބަހައްޓާފައި ހުރި މާފަންނު އުތުރު ދާއިރާގެ ދެވަނަ ވޯޓު ފޮށްޓަށެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވޯޓް ލާން ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 4:00 ގެ ނިޔަލަށް ވޯޓް ލާ މަރުކަޒުތަކަށް ވަދެވޭނެ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ބަންދުވާ ގަޑި ޖެހޭއިރު ކިއޫގައި ތިބޭ ބަޔަކަށް ވޯޓުލުމުގެ ފުރުސަތުދިނުމަށް ފަހުގައެވެ.

‏ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަމީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން