ޖުމްހޫރީ ޕާޓީގެ ރިޔާސީ ރަނިންމޭޓް އަމީން އިބްރާހިމް ވޯޓު ލަނީ -- ފޮޓޯ/ ޖޭޕީ
ޖުމްހޫރީ ޕާޓީގެ ރިޔާސީ ރަނިންމޭޓް އަމީން އިބްރާހިމް ވޯޓު ލަނީ -- ފޮޓޯ/ ޖޭޕީ
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންގ މޭޓް ޑރ. އަމީން އިބްރާހީމް ވޯޓް ލައްވައިފިއެވެެ.

އަމީން ވޯޓު ލައްވާފައި ވަނީ ހެންވޭރު ހުޅަނގު 1 ނަންބަރު ފޮއްޓަށެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވޯޓް ލާން ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 4:00 ގެ ނިޔަލަށް ވޯޓް ލާ މަރުކަޒުތަކަށް ވަދެވޭނެ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ބަންދުވާ ގަޑި ޖެހޭއިރު ކިއޫގައި ތިބޭ ބަޔަކަށް ވޯޓުލުމުގެ ފުރުސަތުދިނުމަށް ފަހުގައެވެ.

‏ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަމީ އިލްތިމާސް ކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން