ރާޔާ ރިޟާ   9 ސެޕްޓެމްބަރު 2023 - 16:3
ރެހެނދި ސްކޫލު
ރެހެނދި ސްކޫލު
މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި މިހާތަނަށް ވޯޓް ލީ މީހުންގެ އަދަދު 36،000 އަށް އަރައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އޭގެ ތެރޭގައި 22،403 ފިރިހެނުންނާއި 13،760 އަންހެނުން ހިމެނޭ ކަމަށް އެ ކޮމިޝަނުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ހެނދުނު 10:00 ޖެހުމާއި ހަމައަށް އާބާދީގެ 12.8 އިންސައްތަ މީހުން ވޯޓު ލާފައިވާއިރު، އެ ވަގުތުކޮޅާއި ހަމައަށް 87 އިންސައްތަ މީޙުން ވޯޓް ލާފައެއް ނުވެއެވެ. މިއީ ވޯޓް ލުމުގެ ޙައްްޤު ލިބިގެންވާ 246،،232 މީހުންނެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވޯޓް ލާން ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 4:00 ގެ ނިޔަލަށް ވޯޓް ލާ މަރުކަޒުތަކަށް ވަދެވޭނެ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ބަންދުވާ ގަޑި ޖެހޭއިރު ކިއޫގައި ތިބޭ ބަޔަކަށް ވޯޓުލުމުގެ ފުރުސަތުދިނުމަށް ފަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން