ރާޔާ ރިޟާ   9 ސެޕްޓެމްބަރު 2023 - 16:6
އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ކުރިއަށް ދާ ރިޔާސީ އިންތިޚާބުގައި ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ޅ. ހިންނަވަރު ރައްޔިތުންނަށް ޚާއްސަ ވޯޓު ފޮށްޓަށެވެ.

ރައީސް ޞާލިޙުގެ އިތުރުން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވޯޓު ލައްވާފައެވެ. މުއިއްޒު ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ދެ ނަމްބަރު ފޮށްޓަށެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމާއި އަމިއްލަ ކެންޑިޑޭޓު ހަސަން ޒަމީލާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުވެސް ވަނީ މިހާރު ވޯޓުލައްވާފައެވެ.

މިއަދު ހެނދުނު 08:00 ގައި ވޯޓުލާ މަރުކަޒުތަކުގައި ވަނީ ވޯޓުލާން ފަށާފައެވެ.

ވާދަވެރި އަދި ވަރަށް ފޯރިގަދަ ކެމްޕޭނަކަށް ފަހު މިއަދު ވޯޓުލުން ފެށި ނަމަވެސް ވޯޓުލުމުގެ ކަންކަން އަދި ދަނީ ވަރަށް އޮމާންކޮށްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ މާލެ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގެ ރަށްރަށުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި 8 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި 6 ފޮއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން