ރިޔާސީ އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު ރައީސް ޞާލިޙު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ - ފޮޓޯ: އަދަދު
ރިޔާސީ އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު ރައީސް ޞާލިޙު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ - ފޮޓޯ: އަދަދު
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 90 އިންސައްތަ މީހުން ވޯޓުލާނެކަމަށް ބެލެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖަމާލުއްދީން ސްލޫކަށް ވަޑައިގެން ރިޔާސީ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ އާބާދީގެ 90 އިއްސަތަ ވޯޓުލާނެކަމަށް ބެލެވޭކަމަށާ، ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލާން މީހުން ނުނުކުންނަ މިންވަރަށް މިއިންތިޚާބުގައި ވޯޓުލާން ނުކުންނާނެކަމަށް ބެލެވޭކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ފުރިހަމަ އެއް އިންތިހާބަށް ވާނެކަމަށެވެ. އަދި މިއީ މިނިވަން ކަމާއެކު ހުރިހާ ކެންޑިޑޭޓުންނަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބިގެން ބޭއްވި އިންތިޚާބެއްކަމަށާ، މިހާތަށް ވޯޓުލުމުގެ ކަންކަންވެސް މިދަނީ އަމާންކަމާއި ސުލްޙަވެރިކަމާއެކުކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިއުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި 574 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ މާލެ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގެ ރަށްރަށުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި 8 ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި 6 ފޮއްޓެވެ.

މިއަދު އެއްބުރުން އިންތިޚާބު ނުނިމިއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން