ފޮޓޯ: ދައުރު
ފޮޓޯ: ދައުރު
ކޮންމެ ބޭފުޅަކުވެސް ވަރަށް ވިސްނުންތެރިކަމާއިއެކީ ވޯޓް ލެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވޯޓް ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް ވަރަށް ވިސްނުންތެރިކަމާއިއެކީ ވޯޓް ލައްވަން ޖެހޭ ކަމަށެވެ. އަދި ވޯޓަކީ ވަރަށް މުހިންމު އެއްޗެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކޮންމެ ބޭފުޅަކުވެސް ވޯޓްގެ ކަންތައް ނިންމަވަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކީގައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވޯޓް ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ. މަޖްލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވެސް ވަނީ ވޯޓް ލައްވާފައެވެ.

އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު މިހާރު ލީޑު ކުރަށްވަނީ އެމަނިކުފާނު އިސްވެ ހުނަލްނަވައިގެން އުފައްދަވާފައިވާ ދަ ޑިމޮކްރެޓިކްސް ޕާޓީއެވެ. ނަޝީދު މިފަހަރު ޕާޓީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުއްވީ އިލިޔާސް ލަބީބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން