ރާޔާ ރިޟާ   9 ސެޕްޓެމްބަރު 2023 - 17:15
މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވޯޓު ލައްވައިފިއެވެ.

30 އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫން ވޯޓްލައްވާފައިވަނީ އަމީނިއްޔާ ސްކޫލުގައި ހުރި ވޯޓް ފޮށްޓަކަށެވެ. ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނުވެސް މިފަހަރުގެ އިންތިހާބުގައި ވާދަކުރަށްވައެވެ. ފާރިސް ވެސް މިހާރުވަނީ ވޯޓުލައްވާފައެވެ.

މި އިންތިހާބުގައި ގާތްގަނޑަކަށް ސިޔާސީ އިސް ގިނަ ބޭފުޅުން މިހާރު ވަނީ ވޯޓު ލައްވަވާފައެވެ. އޭގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާއާއި ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުންނާއި ރަނިންގމޭޓުންނާއި ކުރީގެ ރައީސުންނާއި ޕާޓީތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން