ބ. ތުޅާދޫގައި މީހަކު ވޯޓު ލާ މަރުކަޒު ތެރޭގައި ގަލަމެއް ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ފޮޓޯއެއް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ބ. ތުޅާދޫގައި ގަލަމެއް ބޭނުންކޮށްގެން ފޮޓޯ ނެގި މީހެއްގެ މައްސަލައެއް ފެންމަތިވެގެން އިލެކްޝަންސް ކޮމިޝަނުން އެމީހާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އީސީ އިން ބުނީ އެމައްސަލަ ދިމާވިކަން އެނގުނު ހިސާބުން ތުޅާދޫގައި ހުރި ވޯޓް ލާ މަރުކަޒުން ވަގުތުން އެ މައްސަލަ ބަލަން ފެށި ކަމަށެވެ.

މިހާރު ތުޅާދޫގައި ވޯޓްލުމުގެ ކަންތައް ކުރިއަށް ދާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބީ މަރުކަޒުތަކުން ތަފާތު މައްސަލަތައް ހުށަހަޅަމުންދާ ކަމަށެވެ. އެގޮތުން، އެ ކޮމިޝަންގެ ކޮމްޕެއިންޓްސް ބިއުރޯއަށް 14 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އޭނާ ފާޙަގަކުރެއްވިއެވެ. އޭގެ ތެރޭގައި ވޯޓްލާ މަރުކަޒު ތެރޭގައި ފޮޓޯ ނެގުމުގެ ޝަކުވާއާއި ބޫތު ހުންނަ ގޮތުން ފާހަގަ ފެންނަ ކަމުގެ ޝަކުވާ ހިމެނޭ ކަމަށް ހަބީބު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން