ފޮޓޯ: ދައުރު
ފޮޓޯ: ދައުރު
މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ ތެރެއިން އއ. ރަސްދޫ ވޯޓްލާ މަރުކަޒުގައި މަސައްކަތް ކުރަމުންދިޔަ 2 އޮފިޝަލަކު މަސްއޫލިއްޔަތުން ވަކިކުރީ އެމީހުން ސޮއިކޮށްފައިވާ އިގުރާރާއި ޚިލާފު ވުމުން ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ މި ދެ އޮފިޝަލުންގެ ބަދަލުގައި ރިޒާވް އޮފިޝަލުން މަސައްކަތަށް ނެރެފައިވުމުން ރަސްދޫ ވޯޓްލާ މަރުކަޒު ތެރޭގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ވޯޓުފޮށި ބަންދުކޮށްފައިވާ ކަމަށް ވާޙަކަތައް ފެތުރިފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ފޮށި ބަންދުކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ އޮފިޝަލުން ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރާ ހަރަކާތެއްގައި ބައިވެރިވެފައި ކަމަށެވެ. އެހެން ކަމުން، އެ ދެ އޮފިޝަލުން މަގާމުގެ މަސްއޫލިއްޔަތުން ދުރު ކުރަން ޖެހުނު ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

ހަބީބު ވިދާޅުވީ އިންތިޚާބީ މަރުކަޒުތަކުން ތަފާތު މައްސަލަތައް ހުށަހަޅަމުންދާ ކަމަށެވެ. އެގޮތުން، އެ ކޮމިޝަންގެ ކޮމްޕެއިންޓްސް ބިއުރޯއަށް 14 މައްސަލައެއް މިހާތަނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ވޯޓްލާ މަރުކަޒު ތެރޭގައި ފޮޓޯ ނެގުމުގެ ޝަކުވާ ހިމެނޭ ކަމަށް ހަބީބު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން