ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި އެކުއްޖާގެ މުނިކާފަ ޖަލުގައި ހުކުމްތަންފީޒު ކުރަމުން ގެންދަނިކޮށް މަރުވެއްޖެއެވެ.

ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ އަންނާރުމާގޭ ޙަސަން މޫސާ ދީދީ (85 އަހަރު) މަރުވީ މިއަދު ހެނދުނުއެވެ.

ޙަސަން މޫސާ ދީދީ ހަރަކާތްނުކުރާކަން މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއަށް ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިއުމުން، ޑޮކްޓަރ ބެލުމަށްފަހު 9:55 ހާއިރު އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައިވެއެވެ. އަދި އޭނާ މަރުވީ ހިތްހުއްޓިގެންކަމަށް ބުނެފައިވެއެވެ.

ޙަސަން މޫސާ ދީދީ އަކީ ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ ޤައިދީއެކެވެ. އަދި އޭނާއަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާވެ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެކެވެ.

ޙަސަން މޫސާ ދީދީ ނިޔާވުމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން