މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓްލުން ނިންމާލުމަށްފަހު، ބައެއް ވޯޓްފޮށިތައް ގުނާ، ނަތީޖާ އިއުލާންކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްދިޔަ ވޯޓްލުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. އަދި 65 ރިސޯޓަކާއި 5 ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރުމ އޭގެތެރެއިން އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ވަގުތު އިތުރުކޮށްފައި ނުވާއިރު، 4:00 ޖެހުމާއެކު ކިޔޫ ބަންދުކުރުމަށްފަހު ބައެއް ވޯޓް ފޮށިތައް ވަނީ ގުނަން ފަށާފައެވެ. އަދި މިހާތަނަށް އައިއިރު ބައެއް ފޮށިތަކުގެ ނަތީޖާވެސް ވަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން