މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގެ ބެހެއްޓި ވޯޓް ފޮށީގެ ތެރެއިން 250 އަށްވުރެ ގިނަ ވޯޓް ފޮށި ގުނާ ނިމުނުއިރު، ކުރީގައި އުޅުއްވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުކަމަށް ނަތީޖާތަކުން ދައްކައިފިއެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްދިޔަ ވޯޓްލުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އޭގެތެރެއިން މިހާތަނަށް 250 އަށްވުރެ ގިނަ ވޯޓް ފޮށި ގުނާ ނިމިފައިވާއިރު ހާހެއްހާ ވޯޓްގެ ތަފާތުން ކުރީގައި އުޅުއްވަނީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ.

މުޢިއްޒުއާ އެންމެ ގާތުން ވާދަކުރައްވަނީ ރައީސުލްޖުމްހުރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހުއެވެ.

3 ވަނަގައި އުޅުއްވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިކްޔާސް ލަބީބްއެވެ. އަދި 4 ވަނަގައި އުމަރު އުޅުއްވާއިރު، 5 ވަނައިގައި އުޅުއްވަނީ ގާސިމް އިބްރާހިމްއެވެ.

އެ ބޭފުޅުންގެ ފަހަތުން އުޅުއްވަނީ އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމްއާއި އަމިއްލަގޮތުން ވާދަކުރައްވާ ފާރިސް މައުމޫނާއި ހަސަން ޒަމީލްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން