މިއަދު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބޮޑު ކާމިޔާބީއެއް ހޯއްދަވައިފިއެވެ.

މިހާތަނަށް ގުނި ފޮށިތައް ދައްކާގޮތުން، އިންތިހާބުގައި ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. މުއިއްޒު ކުރީގައި އުޅުއްވަނީ 46.01 އިންސައްތަ ވޯޓުންނެވެ.

ދެވަނައިގައި އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތީ 39.33 އިންސައްތަ ވޯޓެވެ.

މި އިންތިހާބުގެ 3 ވަނަ ލިބޭނެކަމަށް ބެލެވެނީ އެމްޑީޕީ ތެރެއިން އުފެދިގެން އައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.

4 ވަނައިގައި އުމަރު ނަސީރު، 5 ވަނައިގައި އުޅެނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާޙީމެވެ. 6 ވަނަ ފާރިސް މައުމޫން، 7 ވަނަ އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމަށް 7 އަދި ހަސަން ޒަމީލަށް ލިބެނީ 8 ވަނައެވެ.

މިހާރު ސާފު ކުރެވި އިޢުލާން ކޮށްފައިވާ ނަތީޖާ ތަކަށް ބަލާއިރު މި އިންތިޚާބުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިދާނެ ކަމަށް ނުބެލެވޭތީ ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައެޅުމަށް ދާންޖެހޭނީ އިންތިހާބުގެ ދެވަނަ ބުރަކަށެވެ.

އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން