ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރަން އިތުރު ޕާޓީތަކާ ގުޅެން މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އިއްޔެ ރާއްޖޭގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރިހޯއްދަވައި އިންތިހާބުގެ ދެވަނަ ބުރަކަށް ދާންޖެބުމަ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރަން އިތުރު ޕާޓީތަކާ ގުޅެންޖެހޭ ކަަމަށެވެ. އެހެންކަމުން އެ މަސައްކަތް އެމަނިކުފާނު ކުރަށްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.
"އަޅުގަނޑުމެންނަށް ދެން ކޮންމެ ގޮތެއް ވިޔަސް ބަޔަކާ އެކީގައި ބައިވެރިވާން ޖެހޭނެ. އަޅުގަނޑު ހިތުން ޕީޕީއެމުން ވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ. އެ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުން މި ގެންދަނީ،" ރައީސް ވިދާޅުވިއެވެ.
ދެވަނަ ބުރުން ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތްތޯ ސުވާލު ދެންނެވުމުން ރައީސް ސާލިޙު ވިދާޅުވީ އެކަން އެނގިވަޑައިގަންނަވާނީ މަސައްކަތް ފެށުމުން ކަމަށެވެ. ރައީސް ވިދާޅުވީ އިންތިހާބާ ކުރިމަތިލީއިރު ވިސްނި ވަޑައިގެންފައި ނެތް ބައެއް ކަންކަން ހުރި ކަމަަށެވެ. އެކަމަށް ދެވަނަ ބުރުގައި ވިސްނަވާ އެކަމަށް ތައްޔާރުވާނެ ކަމަަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ފެށީމަ، މާދަމާ އަދި އެއާ ދޭތެރޭ އަދި ވިސްނާނީ،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ކާމިޔާބު ނުކުރެވި އިންތިހާބު މިހާރު ވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ. އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ރައީސް ސާލިޙާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެެވެ.

ކިޔުންތެރިންގެ ހިޔާލު