އިއްޔެ މޮރޮކޯއަށް އައި ބިންހެލުމުގައި މަރުވި މީޙުންގެ އަދަދު 2000 އަށްވުރެ ގިނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ މޮރޮކޯ ގަޑިން 11:11 ގައި އައި މި ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 6.8 ގެ ބާރުގަދަ ބިންހެލުމެކެވެ. މި ހާދިސާގައި މޮރޮކޯގެ އެކި ހިސާބުތަކަށް ބިންހެލުމުގެ އަސަަރުކޮށްފައިއެވެ. އެގައުމުގެ ކަސަބްލާންކާ ސަރަހައްދުން ފެށިގެން މައްރަކޭޝް ސަރަހައްދާއި ހަމައަށް ވަރުގަދަ ލޮޅުމުގެ އަސަރުކޮށްފައި ވެއެވެ.

މި ހާދިސާއާއި ގުޅިގެން އެގައުމުގެ ޝާހީ ގަނޑުވަރުން ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކޮށްފައެވެ. އަދި ހަތިޔާރު އެޅި ސިފައިން ރެސްކިއު ޓީމްތަކަށް ބަހާލައިގެން ގެއްލުން ލިބުނު ސަރަހައްދުތަކަށް ސާފު ބޯފެނާއި ކާބޯތަކެތީގެ ސާމާނާއި ޓެންޓާއި ބްލެންކެޓް ފޯރުކޮށްދޭނެ ކަމަށް ވެސް އިއުލާން ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން