ފުރަތަަމަ ބުރުގައި ވޯޓު ލީ ތަން ނޫން އެހެން ތަނެއްގައި ދެވަނަ ބުރުގައި ވޯޓު ލާން ބޭނުންވާ ފަރާތްތަައް ރީ ރަޖިސްޓާ ވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވާނީ 30 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހުގައި ކަމަށާއި އިންތިހާބަށް ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައި ވަރަށް އަވަހަށް އެކަން އިޢުކާން ކުރާނެ ކަމަށެވެެ.

"ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވޯޓުލުން އޮންނާނީ 2023 ސެޕްޓެމްބަރު 30 ވާ ހޮނިހިރު ދުވަހު. ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިއުލާން ކުރާނެ." ހަބީބު ވިދާޅުވިއެވެ.

އަށް ކެންޑިޑޭޓުން ވާދަކުރެއްވި މިފަހަރުގެ ރިޔާސީ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރަށްވާނީ އިއްޔެ ބޭއްވި އިންތިހާބުގައި 46.08 އިންސައްތަ ވޯޓު ލިބިވަޑައިގަތް ޑރ. މުޙައްމަދު މުޢިއްޒުއާއި 39 އިންސައްތަ ވޯޓު ލިބިވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން