ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ މާދަމާގެެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރަން ހުށައަޅާފައިވަނީ ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ފަރާތުންނެެވެ. މިދިޔަ ޖޫން މަހު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ އެމްޑީޕީގެ 54 މެމްބަރުންގެ ސޮޔާއެކުއެެވެ.

މަޖިލީހުން މިހާރު ވަނީ މާދަމާގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާކޮށްފައެެވެ. މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާ މެދު ގޮތެއް ނިންމުމެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ގަވާއިދުގައިވާގޮތަށް މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސްގެ މުއްދަތުވެސް މިހާރު ވަނީ ހަމަވެފައެވެ. އެހެން ނަމަވެސް މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލައިގައި ގޮތެއް ނުނިމި އެމައްސަލަ އެޖެންޑާ ނުކުރެވި ވަނީ ދިގުލައިގެން ގޮސްފައެވެ.

އެމައްސަލަ އެޖެންޑާ ނުކުރާތީ މަޖިލިސް ހޫނުވެ އެކި ފަހަރު މަތިން ވަނީ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން