ޒަހީނުއްދީން ސަޢީދު   10 ސެޕްޓެމްބަރު 2023 - 22:24
ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޕްރައިވެޓް ރޭޑިއޯ ސްޓޭޝަން، ދިއެފްއެމްގައި އެޑްމިންގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި އިބްރާހިމް މަނިކު ނިޔާވެއްޖެއެވެ.

އިބްރާހިމް މަނިކު ނިޔާވީ، މިއަދުގެ ވަގުތެއްގައެވެ. އެނގިފައިވާގޮތުގައި އޭނާ ނިޔާވީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުއްވުމަށްފަހުއެވެ. މަނިކަކީ ދިއެފްއެމް އުފެދުނީސްސުރެ އެ ސްޓޭޝަންގައި މަސައްކަތް ކޮށްފައިވާ މީހެކެެވެ. އެގޮތުން ދިއެފްއެމްގެ ފަރާތުން ތަންތަނަށް ފޮނުވަންޖެހޭ ސިޓީތައް ފޮނުވުމުގެ މަސައްކަތްތަކާއި އިދާރީ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ މަނިކެވެެ.

ދިއެފްއެމް ވިޝުއަލް ރޭޑިއޯ، "ދިޕުލަސް" ތައަރަފު ވެ ޗެނަލް ހުއްޓާލުމާއި ހަމަޔަށް ވެސް ދެގޮތެއް ނުވެ ވަޒީފާގައި މަނިކުބެ ހުންނެވިއެވެ.

ދިއެފްއެމް އަކީ ދިޓީވީއާ އެކު ހިންގަމުން އައި ރޭޑިއޯއެކެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ މެޖޯރިޓީ ޝެއާ އޮންނަ އެ ދެ ކުންފުނިން ހިންގަމުން އައި ޗެނަލްތައް ހުއްޓާލީ 2016 ވަނަ އަހަރުގެ އޮގަސްޓް 10 ގަ އެވެ.

ދިއެފްއެމްގެ އޮފީސް އެސިސްޓެންޓެެއްގެ ވަޒީފާއަދާކުރި މަނިކަކީ އެންމެންނާއި ވެސް ގުޅޭ ވަރަށް ސަކަ މިޒާޖެެއްގެ މީހެއް ކަމަށް އޭނާ ދަންނަ ގިނަ މީހުން ފާހަގަކުރެއެވެ. މަނިކުބެއަކީ އޭރުގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދިތަ އޮއިވަރާއެކު އެޗެނަލްގެ މައްޗަށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ބައެއް އިދާރާތަކުން ބަލާ މައްސަލަތަކުގައި ސީއީއޯގެ ބަދަލުފައި ޖަވާބުދާރީވާން ވެސް ހާޒިރުވެފައިވާ މީހެކެވެ.

މަނިކުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ މިރޭ މަޣުރިބު ނަމާދަށްފަހު ހުޅުމާލޭގެ އާސަހަރާ މިސްކިތުގައެވެ. މާތް ﷲ މަނިކު ބެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރަށްވާށި އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން