ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އަބްުދުލްޤައްޔޫމްގެ އެދިވަޑައިގެންނެވުމަކީ ދެވަނަ ބުރުގައި އިތުރު ތާއީދާއެކު ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ކޮށްދިނުންކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު، އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް ޔާމީންގެ ވަކީލެއްގެ ހައިސިއްުޔަތުން އެމަނިކުފާނާއި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. ޖަމީލުގެ ޓްވީޓްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ވެދުން ފޮނުއްވަވާކަމަށާއި، އަދި ޑރ. މުއިއްޒުއަށް އިތުރު ތާއީދު ދެއްވައި، ހިތްވަރު ކުރައްވައި, ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާކަމަށެވެ.



ޑރ. ޖަމީލު ވިދާޅުވީ މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއްކަމަށެވެ.



އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރު މަޤާމުގައި ހުންނެވި ރައީސް ސާލިހުގެ މައްޗަށް ޑރ. މުއިއްޒު ވަނީ ބޮޑު ކާމިޔާބީއެއް ހޯދައި، ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓް ހޯއްދެވި ކެނޑިޑޭޓަށް ވެވަޑައިގެންފައެވެ.

މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ ގޮތުން ޕާޓީތަކުން މިހާރުވެސް ދަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން