މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ނަމަވެސް ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަނީ ކުރި ހޯއްދަވާފައެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ހޯދިފައި ނުވުމުން ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީ އަކީ އިންތިހާބުތަކުން މޮޅުވުމާއި ބަލިވުން ގަބޫލުކުރާ ބައެއް ކަމަށެވެ. އަދި އިއްޔެ ބޭއްވި އިންތިހާބުން އެމްޑީޕީ ބަލިވި ނަމަވެސް ހިތްވަރާއެކު ތެދުވެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް މޫސަ ވަނީ އެދިވަޑައިގެންފައެވެ.

"ހިތްވަރާއެކު މަސައްކަތް ކުރުމުން ދެވަނަ ބުރު ކާމިޔާބުކުރުމަކީ އެމްޑީޕީން ނެރެފައި ހުރި ނަތީޖާ، މެމްބަރުން ހިތްވަރުގަދަ ކުރަށްވާ!" މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ވެސް ކުރެއްވި ރީކޯ މޫސަ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ 46 ޕަސެންޓަށްވުރެ މަތިން ވޯޓް ހޯއްދަވާފައެވެ. އެއީ، ގާތްގަނޑަކަށް 100،723 ވޯޓެވެ. ރައީސް ސާލިޙަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެެ. އެއީ ގާތްގަނޑަށް 85،126 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން