ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މާދަމާ އިއުލާންކުރަން މަސައްކަތްކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ޖުމްލަ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން، މިއަދު ވަނީ އިއުލާންކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިޚާބުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. ދެވަނަ ލިބިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބުނީ %39.05 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ، މާދަމާގެ ވަގުތެއްގައި، އިޢުލާންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.



މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިވަޑައިގެންފައި ނުވާތީ، އިންތިހާބުގެ ދެވަނަ ބުރެއް އޮންނާނެއެވެ.

މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން