ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫންކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މައުމޫނަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުކުރައްވާ ބޭފުޅެކެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ 5 އަހަރަކުން ސިޔާސަތުތައް ބަދަލުވެ، ފަށާފައިހުރި މަޝްރޫޢުތަކާއި މަސައްކަތްތައް ހުއްޓުމުން ރައްޔިތުންނަށް ލިބުނު ކުރިއެރުން އަނެއްކާވެސް ދާނީ ފަހަތަށްކަމަށެެވެ. އެހެންކަމުން ކޮންމެ 5 އަހަރަކުން ވެރިކަން ބަދަލުވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫންކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.



ހޮނިހިރުދުވަހު ބޭއްވި ވަގުތީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިޚާބުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ 46.06 އިންސައްތަ ވޯޓާއެކުއެވެ. ދެވަނަ ލިބިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39.05 އިންސައްތަ ވޯޓެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ އިތުރަށް ވޯޓް ލިބިވަޑައިގެންފައި ނުވާތީ، އިންތިހާބުގެ ނަތީޖާ ނެރޭނީ ދެވަނަ ބުރެއް ބާއްވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކިނބިބެ

13-Sep-2023

ކޮންމެ ވެރިޔަކަށް ވެސް ވެރިކަން ކުރަން އެންމެ ރަނގަޅު މުއްދަތަކީ 30 އަހަރު ކަމާމެދު އެއްވެސް ޝައްކެއް ވަސްވާހެއް ނެތެވެ.


-2

އހ

13-Sep-2023

30 އަހަރު ރަނގަޅުވާނެ ދެއްތޯ



ޓްރެންޑިން