ސަރުކާރު ދިފާއުކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް އިއުލާނު ކުރަން އަންގާ ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިސްވެރީންނަށް ސަރުކާރުން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވަން ސަރުކާރުން ނާންގާ ކަމަށެވެ. އަދި އެފަދަ ބައްދަލްވުމެއް ބާއްވަން ވެސް ނިންމާފައި ނެތް ކަމަށް ބަޔާނުގައިވެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ސިފައިން އަބަދުވެސް ތިބޭނީ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި އެއްގޮތަށް އަމަލު ކުރާ ބައެއްގެ ގޮތުގައެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދިފާއުކޮށް ރައްކާތެރި ކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ދީފައެވެ. އަދި މި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ކުުރުމުގެ ފުރުސަތު ސިފައިން ނުދޭނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން