ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިއްރު ސިޓީގެ އަސްލު ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ސިޓީއަކީ އަސްލުކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ބައެއް މީޑިޔާ ތަކަށް ކަށަވަރު ކޮށްދީފައެވެ.

ލީކުވެފައިވާ ސިޓީގައި ރައީސް ސޯލިހް ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން އެންމެ ކުރީއްސުރެ ގެންގުޅެފައިވާ ސްޓޭންޑު ދަމަހައްޓާނެ ކަމަށެވެ. އެގޮތުން ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސިޓީގައި ވިދާޅުވީ ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެެ.

އެސިޓީގައި ރާއްޖޭގެ ކަނޑުން ބައެެއް ދޫކޮށްލި ކަމަށް ބުނާ އެއްވެސް ވާހަކައެއް ނެތްކަން ފާހަގަކުރެވެއެވެ.

ރައީސް މޮރިޝަޝް އަށް އެ ސިޓީ ފޮނުއްވީ 2022 ވަނަ އަހަރުގެ އޯގަސްޓު 22، ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން