އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ތިން ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގައި، މިހާރު ރެލިގޭޓްވެފައި އޮތް ނޯވިޗް ސިޓީ އަތުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާ އިންނެވެ. ރޭގެ މެޗުގައި ޗެލްސީން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. އެމެރިކާގެ ވިންގް ކްރިސްޓިއަން ޕުލިސިޗް ނަގައިދިން ހުރަހަކުން ޖިރޫޑް މި ގޯލު ޖެހީ ބޮލުންނެވެ.
ލީގުގައި ދެން ޗެލްސީ ކުޅެން އޮތް ދެ މެޗަކީ ރަށުންބޭރުގައި ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވުލްވްސްއާ ބައްދަލުކުރާ މެޗެވެ.
ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުން ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވުމުން އެ ޓީމަށް އޮތީ ރޭގެ މެޗުން ތިން ޕޮއިންޓް ހޯދުން މުހިއްމުވެފަ އެވެ. ރޭގެ މޮޅާ އެކު ޗެލްސީ ތިން ވަނައިގައި އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 35 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު