ޑޯނިއާރ އެއާކްރާފްޓެއްގައި މިއަދު މާލެ ގެނައީ ގދ. ތިނަދޫގައި ހާލު ދެރަވި އުމުރުން ދެ އަހަރުގެ ކުޑަކުއްޖެއް ކަމަށާއި އެ އެއާކްރާފްޓުގައި އިންޑިއާގެ ސިފައިން އައިކަމަށް ބުނެ ފަތުރާފައިވަނީ ދޮގެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނީ، ހަނިމާދޫގައި ތިބިކަމަށް ބުނާ ސިފައިންގެ ފޮޓޯތަކަކާއި ވީޑިއޯތަކެއް އާންމުކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޑޯނިޔާ އެއާކްރާފްޓެއްގެ ވީޑިއޯއެއް ދައުރުކޮށް އެއިން ގެނައީ އިންޑިއާ ސިފައިން ކަމަށް ބުނެ ފަތުރާ ޚަބަރުތަކާއި ގުޅިގެންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި ތިނަދޫއިން ހާލު ދެރަ ކުޑަކުއްޖެއް މިއަދު މާލެ ގެނައިކަމަށެވެ. އަދި އެ ތައްޔާރީތައް އޮޅުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަބަރު ފެތުރުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން