ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދަށްވީ ކެމްޕޭން ޓީމުތަކުގެ ފަރުވާ ކުޑަކަމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެފައިނުވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެެވެ.

ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ދަށްވީ ކެމްޕޭން ޓީމުތަކުގެ ފަރުވާ ކުޑަކަމުން ކަމަށް ރައީސް ވިދާޅުވި ކަމަށް މީޑިޔާއަކުން ރިޕޯޓް ކޮށްފައިވާ ހަބަރަކާއި ގުޅިގެންނެެވެ. އެ ހަބަރާއި ގުޅިގެން ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެފަދަ ވާހަކަފުޅެއް ރައީސް ވިދާޅުވެފައިނުވާ ކަމަށެެވެ. އަދި އެއީ ކަނޑައެޅިގެން ދޮގެއްކަމަށް މާރިޔާ ވިދާޅުވިއެވެެ.

ރާއްޖެ ޓީވީ އަށް މިއަދު ހެނދުނު ފޯނުން ދެއްވި އިންޓަވިއު އެއްގައި ރައީސް ސާލިޙު ވިދާޅުވީ ކެމްޕެއިން ޓީމު ތަކަށް "މިސްޓޭކް" ހެދިފައިވާ ކަމަށެވެެ. އެގޮތުން އެމަނިކުފާނުގެ ކެމްޕޭން ޓީމުތަކަށް އިދާރީ ގޮތުން ނިންމަންޖެހޭ ބައެެއް ކަންތައްތަކަށް އަޅާލެވިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން