އަހުމަދު މަސްނޫމް   12 ސެޕްޓެމްބަރު 2023 - 5:20
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށް އެމްއެންޕީން ނިންމައިފިއެވެ.

އެމްއެންޕީން މިގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

އެމްއެންޕީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި 37 މެންބަރުން ވޯޓު ދެއްވީ މުއިއްޒުއަށް ތާއީދުކުރުމަށެވެ. ވަކިކޮޅަކަށް ނޭރުމަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.

އެމްއެންޕީގެ ކައުންސިލް މެމްބަރު އަދި ކުރީގެ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ މެޖޯރިޓީ ވިސްނުމަކީ ޕީޕީއެމް/ޕީއެންސީއާއެކީ މަޝްވަރާ ކުރިއަށް ގެންދިއުން ކަމަށްވާތީ، އެމްއެންޕީގެ ލީޑަރޝިޕްއިން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރިއިރު ނާޒިމަށް ލިބިވަޑައިގަތީ 1،907 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން