ފޮޓޯ: ރައްޔިތުންގެ މަޖްލީސް
ފޮޓޯ: ރައްޔިތުންގެ މަޖްލީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީފުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގިނަމަވެސް، ރައީސް ނަޝީދަށް އިތުބާރު ނުކުރައްވާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

މަޖިލިސްގެ ރައީސާއި، ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެންގެވި ސަބަބު ހާމަކުރައްވާ، ދާއިރާތަކުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވުމުން ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އެކަމަށް ރައްދު ދެއްވާފައެވެ. އެވާހަކަތަކާމެދު ވަރަށް ބޮޑަށް ކޯފަވެ ޝަރީފް ވިދާޅުވީ މަޖިލިސް ރައީސާއި، ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގި ނަމަވެސް، އެމްޑީޕީން ސުލްހައަށް ވާހަކަދެއްކުމުން އޭގެ ބަދަލުގައި ބޮޑާވެ މަލާމާތް ކުރާތީ އޭނާ ރައީސް ނަޝީދަށް އިތުބާރު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޮލުގައި އިލްޒާމް އަޅުވާއިރު އަޅުގަނޑުގެ އިތުބާރު ހަމަ ނެތިގެން، އަޅުގަނޑުމެން ރައީސްގެ އިތުބާރު ނެތްކަމަށް ސޮއިކޮށްފަ ހުށަހެޅީ. އެހެން ނަމަވެސް އޭގެ ނާޖައިޒް ފައިދާ ނަގާ ސުލްހަޔަށް ކަންތައް ކުރަން ދިމާ ކުރީމާ މަލާމާތާއި ފުރައްސާރައާއި ޖެއްސުން ކުރަން ފެށީމާ އަޅުގަނޑުގެ އިތުބާރު ހަމަ ނެތް." ޝަރީފް ވިދާޅުވިއެވެ.

ލިބުނު ވޯޓާއިމެދު ބޮޑާވަމުންދާއިރު، ޑިމޮކްރެޓްސްއަށް ލިބުނީ ކުރީގެ ރައީސް ޑރ. ވަހީދަށް ލިބުނު އަދަދަށްވުރެ ދަށް ނަތީޖާއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކަ ރައއދު ދެއްވަމުން ރައީސް ނަޝީދު ވަނީ ޝަރީފް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަންގަވަން ސޮއި ކުރެއްވީ ކީއްވެގެން ކަމާއި ދޭތެރޭ ސުވާލު އުފައްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން