ބ. އޭދަފުށީ ބަނދަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީން ސައިޓް މޮބިލައިޒްކޮށްފިއެވެ.

އޭދަފުށީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއ،ި 3354

ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 402 މީޓަރުގެ އެއްގަމުތޮށި ލުމާއ،ި 170 މީޓަރުގެ ބޭރުތޮށި ލުމާއ،ި

383 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއ،ި ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

3475 މީހުންގެ އާބާދީއެއް އޮންނަ ބ. އޭދަފުއްޓަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. މި ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގަޔާއި ކައިރި ރިސޯޓްތަކުގައެވެ. ރަށުގެ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަން ކަމުގައި ވިޔަސް އޭދަފުށީގައި މަސްވެރިކަންކުރާ ދޯނިފަހަރުވެސް އޮވެއެވެ. މި ސަބަބުތަކަށްޓަކައ،ި ޖާގަ ތަނަވަސް ބަނދަރެއްގެ ބޭނުން ބޮޑުވެފައި އޮންނަތާ އެތަކެއް އަހަރެއް ވަނީ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން