ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށް ނިންމީ ދެ ޕާޓީގެ މެނިފެސްޓޯގައި އެއްގޮތް ކަންތައްތަކެއް ހުރުމުންކަމަށް އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޕީޕީއެމްއާއި އެމްއެންޕީއާ ދެމެދު ގާއިމްކުރި އެއްބަސްވުމުގައި އެމްއެންޕީގެ ފަރާތުން ސޮއިކުރެއްވީ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމެވެ. ޕީޕީއެމް ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މުއިއްޒުއަަށް ތާއީދުކުރަން ނިންމީ ދެ ޕާޓީގެ މެނިފެސްޓޯގައިވެސް އެއްގޮތް ކަންތައްތަކެއް ހުރުމުންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނެ ގޮތެއް ނިންމާނީ އިންތިހާބަށްފަހުކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރުމަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

އެމްއެންޕީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި 37 މެންބަރުން ވޯޓު ދެއްވީ މުއިއްޒުއަށް ތާއީދުކުރުމަށެވެ. ވަކިކޮޅަކަށް ނޭރުމަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރެއްވީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރިއިރު ނާޒިމަށް ލިބިވަޑައިގަތީ 1،907 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޞައްދާމު

13-Sep-2023

1% ވެސް ހަމަ ނުކުރެވުނު



ޓްރެންޑިން