ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް ޕާޓީން ކުރިއަަްދާނެ ގޮތެއް ކަނޑައެޅުމުގެ ކުރިން ބާއްވާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއް އުފައްދައިފިއެވެ.

މި ކޮމިޓީ އެކުލަވާލާފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ އިންޓަރިމް ކޮމިޓީގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ޕާޓީތަކާއެކު ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި މަޝްވަރާކުރުމަށްފަހު ނިންމާފައި ވަނީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ހާއްސަ ކޮމިޓީއެއް ނެގުމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް، އިލްޔާސްގެ ރަނިންމޭޓްގެ ގޮތުގައި ނުކުންނެވި ހުސައިން އަމްރު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އަދި މުހައްމަދު އަންސަރުއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު އެ ޕާޓީއަކީ 3 ވަނައަށް އެންމެ ގިނަ ވޯޓް ލިބުނު ޕާޓީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން