އެމްޑީޕީއަކީ ބަލި ގަބޫލުކޮށް، ކުރިއަށްދާން އެނގޭ ޕާޓީއެއްކަމަށް އެ ޕާޓީގެ ކުރީގެ ޗެއާރޕާސަން ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީން ސިޔާސީ ކަމަކަށް ނުކުތީމަ ދާނީ ކުރިއަށްކަމަށެވެ. އަދި އެމްޑީޕީއަކީ ބަލި ގަބޫލުކުރަން އެނގޭ ޕާޓީއެއްކަމަށްވެސް މޫސަ ވިދާޅުވިއެވެ.



މޫސަ ވިދާޅުވީ 8 ފެބްރުއަރީގައިވެސް މަގުމައްޗަށް ނުކުތީ އެމްޑީޕީގެ މެމްބަރުންކަމަށާއި 2013ގައި ބަލިވީމަވެސް ހިތްވަރުލާފަޢި ނުކުތީވެސް އެ ޕާޓީގެ މެމްބަރުންކަމަށެވެ.

"2023 އަދި އޮތީ ގަދަކޮށް މާއުޖާލާކޮށް" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ތިބީ ގަދަކޮށްކަމަށާއި ޕާޓީ ނުވެސްރޫޅޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

ސަންފަ

13-Sep-2023

ޢެހެންވެދޯ ފެބްރުއަރީ 8 ގަ މުޅި ގައުމުގަ ހުޅު ޖެހީވެސް. ޢެކަން އެނގޭނެ މިފަހަރު މުއިއްޒުއަށް އިންތިޚާބް ކާމިޔާބް ވެއްޖިއްޔާ މުޅި ގައުމުގަ ފަސާދަ އުފައްދާނެ.ޕާޓީ މީހުން އެބުނަނީ ތިމަން މެން ވެރިކަމުގަ ތިބީމައޭ ގަައުމުގަ ހަމަޖެހުން އޮތީ މާނައަކީ މިހާރު އިދިކޮޅުގަ ތިބި މީހުންނަކީ ސުލްހައަށް ލޯބި ކުރާ ބައެކޭ. ޢެހެން ބައެއްގެ ވެތިކަމެއް ނަމަ ތިމާމެން އިދިކޮޮޅުގަ ތިބެ ގައުމު ހަލަބޮލިނކުރާނެ



ޓްރެންޑިން