އިފިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގެ ޓީމެއް ކޯލިޝަން މަޝްވަރާއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އަރިހަށް ވަޑައިގެންފިއެވެ.

ގާސިމުގެ އަރިހަށް ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް ވަޑައިގަތީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކުގައި ޕީޕީއެމް/ޕީއެންސީން ނަގާފައިވާ ހާއްސަ ކޮމިޓީގެ މެމްބަރުންނެވެ.

އެ ބޭފުޅުންނަށް މާމިގިލީ އެއާޕޯޓުން މަރުހަބާ ވިދާޅުވީ ގާސިމް އިބްރާހީމެވެ.

ގާސިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގަތީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

ގާސިމާއި ބައްދަލުކުރެއްވުމަށް ޕީޕީއެމްގެ ވަފްދެއް ގާސިމް އަރިހަށް ވަޑައިގެންފައިވާއިރު ގާސިމާއެކު ކޯލިޝަން ނުހެދުމަށް ރައީސް ޔާމީން އަންގާފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގާސިމާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތަކެއް ޕީޕީއެމްއިން ފަށާފައިވާއިރު ޕީޕީއެމްއިން މިއަދު ވަނީ އެމްއެންޕީއާއެކު ކޯލިޝަން ހެދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން